
އަދަދު ނޫހުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސިވިލާތުގެ ސަފީރު ކޮންބޮޑުވުން ފާޅުކުރައްވައިފި
# އިނގިރޭސިވިލާތް-
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރޭގެ ވަގުތެއްގައި އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރުމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން “އަދަދު” ނޫހުގެ އޮފީސް ބަލައިފާސްކުރީ ރޭގެ ވަގުތެއްގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުންދާ ކަމަށެވެ. ފުލުހުން އެތަން ބަލައިފާސްކޮށްފައިވަނީ، އަދަދު ނޫހުން އާއްމުކުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި “ޒިނޭ”ގެ ތުހުމަތު އަޅުވައި އާއްމުކުރި، “އައިޝާ” ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.
ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރުމާއި ގުޅިގެން އިނގިރޭސި ސަފީރު ނިކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ދިވެހި ފުލުހުންގެ ހިދުމަތުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރިކުރުމާއިމެދު ކަންބޮޑުވާ ކަމަށާއި މިއީ ރާއްޖެއިންވެސް އެއްބަސްވެފައިވާ ކޮމަންވެލްތުގެ މިންގަނޑުތަކާއި ދުރު އަމަލެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް އިނގިރޭސިވިލާތުން ބާރުއަޅާ ކަމަށާއި މިނިވަން މީޑިއާއަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ކަމަށެވެ.
ރާއްޖޭގެ ނޫހެއް ކަމަށްވާ އަދަދު ނޫހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މިިދިޔަ މަހުގެ ފަހުކޮޅު ނެރުނު ޑޮކިއުމެންޓަރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ކަމަށާއި އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށް އިއްޔެ ރައީސް ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރޭގައި އަދަދު ނޫހުގެ އޮފީސް ފުލުހުން ވަނީ ބަލައި ފާސްކޮށް، އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.
ގުޅުންހުރި

އަދަދު ނޫހުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސިވިލާތުގެ ސަފީރު ކޮންބޮޑުވުން ފާޅުކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރާއެކު މަޝްވަރާކޮށްފި

ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބަލައިޒޭޝަން" ގައި ރައީސް ބައިވެރިވެވަޑައިގެންފި




