
މާލެއިން ފުރައިގެން ގއ. ވިލިގިއްޔަށް ދަތުރުކުރި އުދަރެސް ބޯޓު ލާމު އޮޅުވެލިފުށި ކައިރިން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވި އެވެ.
މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގުޅުންހުރި

މާފިލާފުށިން މާލެ ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ

އުދަރެސްބޯޓު އަޑިއަށް ދިޔަ ހާދިސާ: ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ ފެނިއްޖެ

އުދަރެސް ބޯޓު ބަންޑުން ޖަހާލުން: ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަނީ




