
ޓްރަމްޕު އަމިއްލަފުޅަށް ފަޟީހަތްވެއްޖެ: " އިރާނުގައި މުޒާހަރާ ކުރި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނިން"
# އިރާންއިރާނުގެ ދައުލަތާއި ދެކޮޅަށް މިއަހަރުގެ ޖެނުއަރީ މަހު އެގައުމުގައި ބައެއް ރައްޔިތުން ކުރި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމަށް އެހީވީ އެމެރިކާއިންކަން ފަޅާއަރައިފި އެވެ.

މިކަން ހާމަވެގެންދިޔައީ މިއަދު އެމެރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނިއުސްއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވި އިންޓަވިއުއެއްގައި އެވެ.
އެގޮތުން ޓްރަމްޕު ވިދާޅުވީ ޖެނުއަރީ މަހު އީރާނުގައި ކުރި މުޒާހަރާތަކުގައި އިރާނުގެ ރައްޔިތުންތައް މަރުވި ކަމުގެ މައުލޫމާތު ލިބުމާއިއެކު މުޒާހަރާގެ ބައިވެރިންނަށް އެމެރިކާއިން ބަޑި ފޯރުކޮށްދިން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ހަމަނުޖެހުން ފެށުމުގެ މަހެއްހާ ދުވަސް ކުރިން އިރާނުގެ ސަރުކާރާ ދެކޮޅު ފުޅާ ދާއިރާއެއްގައި އެގައުމުގެ ރައްޔިތުން ނުކުމެ ކުރި މުޒާހަރާތަކުގައި "45،000" މީހުން މަރުވެފައިވާ ކަމަށެވެ.
ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އޭނާގެ ވެރިކަމުން މުޒާހަރާގެ ބައިވެރިންނަށް ތާއީދު ކުރުމަށް ބަޑި ފޮނުވި ނަމަވެސް ކުރުދީން އެ ބަޑިތައް މުޒާހަރާގެ ބައިވެރިންނަށް ނުދީ ހިފެހެއްޓީ އެމީހުންގެ އަމިއްލަ ބޭނުމަށްކަމުގައި ގަބޫލުކުރާ ކަމަށެވެ.
"އަހަރެމެން އެމީހުންނަށް ވަރަށް ގިނަ ބަޑި ފޮނުވިން. އަހަރެމެން އެތަކެތި ފޮނުވީ ކުރުދީން މެދުވެރިކޮށް" ޓްރަމްޕު ބުންޏެވެ.
އިރާނުގައި ކުރި ބޮޑު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދާއި މެދު ވަނީ ދެބަސްވުން އުފެދިފައި އެވެ. އެގޮތުން އިރާނުން ހާމަކުރި ގޮތުގައި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހިނގި އެ ހަމަނުޖެހުންތަކުގައި މަރުވީ 3000 އެއްހާ މީހުންނެވެ. އިރާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މި ހަމަނުޖެހުންތަކުގައި މަރުވި ކަމަށް ބުނެފައިވަނީ 3،500 މީހުންނެވެ.
ގުޅުންހުރި

ޓްރަމްޕު އަމިއްލަފުޅަށް ފަޟީހަތްވެއްޖެ: " އިރާނުގައި މުޒާހަރާ ކުރި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނިން"

އަންގާރަ ދުވަހުގެ ނިޔަލަށް އިރާނާއިއެކު އެއްބަސްވުމަކަށް އާދެވޭނެ، ނާދެވިއްޖެ ނަމަ މުޅި އިރާނު "ގޮއްވާލަން" - ޓްރަމްޕު

އިރާނުގެ ރޮކެޓު ހަމަލާގައި ބިމާހަމަކޮށްލި އިޒްރޭލުގެ އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައި!

.gif&w=3840&q=75)



