logoEN
Sto top
އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

އަހުމަދު ޝުރާއު

logo

2/3/2026, 11:29:42 AM

# އިސްލާމިކް މިނިސްޓްރީ

-

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު، ޝައިޚް ނާޒިލް އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުވައިފިއެވެ.

Wamco

ވަޤްފު ފަންޑުގެ އެހީއާއި ޢާންމުންގެ ދީލަތި އެހީގައި ބިނާ ކުރެވުނު ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ޚާއްޞަ ކުރެވިގެން ޅ. ނައިފަރުގައި ބިނާކުރެވުނު ޙިފްޡު ސެންޓަރަށް 302،600.00 ރުފިޔާގެ އެހީއެއް ވަޤްފު ފަންޑުން ދެވިފައިވެއެވެ.

މިސެންޓަރުގައި 2 ކުލާސްރޫމާއި، ދެކުލާސްރޫމް އެއްކޮލުމުން ބޭނުންކުރެވޭ 100 މީހުންގެ ޖާގައިގެ ހޯލަކާއި، އޮފީހަކާއި އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވަކިން ފާޚާނާއާއި ވުޟޫކުރާ ތަނާއި، އަތްދޮވެވޭނެ އިންތިޒާމާއި ބޯފެނުގެ އިންތިޒާމުގެ އިތުރުން މުވައްޒަފުން ބޭނުން ކުރުމަށް ސްޓާފްރޫމް އަކާއި ފާޚާނާ ހަމަޖެހިފައި ވެއެވެ.

މިސެންޓަރުގައި ކިޔަވައިދެވޭނީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މުޤައްރަރަށެވެ. މިއިންސްޓިޓިއުޓްގެ ކުލާސްތައް ތަރުތީބު ކުރެވިފައިވަނީ ޅައުމުރުގައި ކީރިތި ޤުރުއާނުގެ އަޑާއި މަޚްރަޖު، އަދި ތަޖުވީދާއި ރާގު ފަދަ ފަންނުތައް އުނގެނި، ކީރިތި ޤުރުއާން އެކީގައި ހިތުން ދަސްކޮށްގެން ޙާފިޡުންގެ ގޮތުގައި ދަސްވެނިވުމަށް މުޤައްރަރުގައި ހިމެނިގެންނެވެ.

މިސެންޓަރުގައި ކިޔަވާ ދަރިވަރުންގެ %10 (ދިހައެއް އިންސައްތަ) ދަރިވަރުންނަކީ މި ވުޒާރާއިން ދެއްވި އެހީގައި ހިލޭ ކިޔަވާ ދަރިވަރުންނެވެ.

މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ޝައިޚް ނާޒިލް އިންސްޓިޓިއުޓްއިން މިހާތަނަށް 4 ދަރިވަރުން ޤުރުއާން ޙިފްޡުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުރު 3 ދަރިވަރުން ޙިފްޡު ކޮމިޓީއަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ޙިފްޡުކުރުމުގެ ފަހު މަރުހަލާގައި 22 ދަރިވަރުން ކިޔަވަމުންދާއިރު، މި އިންސްޓިޓިއުޓްގައި ޖުމްލަ 87 ދަރިވަރުން އަންނަނީ ޙިފްޡު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC