
މިއަހަރުތެރޭ ބީއެމްއެލްގެ 70 ޑޮލަރު އޭޓީއެމް ބަހައްޓާ 12 ބުރާންޗު ހުޅުވިގެންދާނެ - ޒަމީރު
# ބީއެމްއެލް-
ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި ވިޔަފާރިތަކަށް އަންނަ ކުރިއެރުން މުހިންމު ކަމަށާއި އެކަމުގައި ޤައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ ދައުރު ބޮޑުކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގައި ބީއެމްއެލްގެ އައު ބްރާންޗެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި ވިޔަފާރިތަށް ކުރިއެރުމަށް ބީއެމްއެލުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ޤައުމީ ބޭންކު ފުޅާކުރުމަށް ހުރިހައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައި އެވެ. އަދި މާލީގޮތުން ބޭންކަށް ލިބެމުންދާ ކުރިއެރުންތަކުގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ބޭންކާ ހަވާލުކުރާ މަސައްކަތްތައް ކަނޑައެޅޭ ތާރީޚުތަކަށް މަސައްކަތްތައް ނިންމާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަހަރު ހާއްސަވެގެންދާނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބަހައްޓާ ބުރާންޗުތައް އިތުރުކުރުމަށް ކަމަށެވެ. އެގޮތުން މިއަހަރުތެރޭ ބީއެމްއެލްގެ 70 ޑޮލަރު އޭޓީއެމް ބަހައްޓާ 12 ބުރާންޗު ހުޅުވިގެންދާނެކަން ވަޒީރު ހާމަކުރެއްވި އެވެ.
ވަޒިރު ވިދާޅުވީ ޑޮލަރު އޭޓީއެމްތަކުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގެސްޓުހައުސްތައް ފަދަ ސިނާއަތްތައް އިތުރުވެގެންދާއިރު، އާއްމު ފަރުދުންނާ ވިޔަފާރިތަކަށް ފަސޭހަވެގެންދާނެކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްއަށް އިތުރު ކުރިއެރުންތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި ވަޒީރު ވަނީ ބީއެމްއެލްއަށް ސީދާ ވިޔަފާރީގައި ބައިވެރިވެވޭނެ ނިޒާމެއް ރޭވުން މުހިއްމު ކަން ހާމަކުރައްވާފައި އެވެ.
ގުޅުންހުރި

ބީއެމްއެލުން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި




