
މުދާ ޝިޕްމެންޓަކުން 10 ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
# ވޭޕް މަނާކުރުން# ވޭޕް# ކަސްޓަމްސް ސާވިސަސްފޮޓޯ: ކަސްޓަމްސް
ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް ހޯދައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މި މަހުގެ 04ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ މާލޭ ކޮމާޝަލް ހާބަރުގައެވެ.
އަދި މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީޚުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓެވެ.
މި ތާރީޚުން ފެށިގެން ކަސްޓަމްސް އިން މިހާތަނަށް ޖުމްލަ 66،000އަށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވާކަން ކަސްޓަމްސް އިން ފާހަގަކުރެއެވެ. މި މައްސަލަ މިހާރު ދަނީ ކަސްޓަމްސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ.
ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވޭޕް މަނާކުރިފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް: ކަނޑުމަގުން އެތެރެކުރަން އުޅުނު 15,000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސް މަރުހަލާއަށް 10 ދުވަސް




