
ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި- ފޮޓޯ: ޕީއެސްއެމް/ޕޮލިސް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްއިން ވަނީ މިކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތަކީ ކޮކެއިން ކަމަށެވެ. އަދި މި ތަކެތީގެ ބަރުދަނުގައި 1180 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ 66 ބުލެޓު ކަމަށް ކަސްޓަމްސްއިން ފާހަގަކުރި އެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 2.9 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ދިވެހިރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ބައިވަރު މީހުން ހައްޔަރުކޮށް ކަސްޓަމްސްއިން ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތީ އަތުލައިގަންނަ އަދަދުތައް ދަނީ ދުވަހެއް ދުވަހަކަށްވުރެ ގިނަވަމުންނެވެ.
















