
މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ ބައިނަލްއަޤްވާމީ ގޮންޖެހުމެއް - ކިނާނަތު
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ-
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުން ކުޑަ ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ، ބައިނަލްއަޤްވާމީ ގޮންޖެހުމެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ސައިބަރ ހަމަލާތަކަށް ރައްކާތެރިވުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓީމުތަކަށް ތަމްރީނު ދިނުމަށާއި، ކުޑަކުދިން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހުލުވެރިކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އޮންލައިންކޮށް ދިމާވާ ނުރައްކާތަކުންނާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި، އިންޓަރނެޓު މެދުވެރިކޮށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބާރު އެކުދިންނަށް ދިނުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރުން މުހިންމު ކަމަށެވެ.
ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އިންޓަނެޓަށް ވަންނައިރު މީގެ ކުރިން ނުދެކޭހާ ބާރު ދުވެއްޔެއްގައި ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނަމުންދާކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސްޓޭޓް ވިދާޅުވީ ގައުމުގެ އިޤްތިޞާދީ ކާމިޔާބީ އާއި ތަރައްޤީއަށްޓަކައި، ސައިބަރ ސެކިއުރިޓީގެ ފުރިހަމަ ޤާބިލުކަމާއި ތައްޔާރުވުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
މިއަދު ފެށި މި ޕްރޮގްރާމަކީ ނޭޝަނަލް ސައިބަރ ސެކުރިޓީ އެޖެންސީއާއި، ނެޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ޤައުމީ ސައިބަރ ރެޒިލިއެންސްއާއި، ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ބިނާކުރުމާއި، ޤައުމީ ކޮމްޕިއުޓަރ އިންސިޑެންޓް ރެސްޕޮންސް ޓީމްގެ ދައުރާއި، އޯޕަން-ސޯސް ޓޫލްސް ބޭނުން ކޮށްގެން ސީ.އައި.އާރު.ޓީ / އެސް.އޯ.ސީ ބިނާކުރުމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސައިބަރ ތްރެޓް އިންޓެލިޖެންސް ޑިޒައިން ކުރުމާއި، ކުދިން އޮންލައިންކޮށް ރައްކާތެރި ކުރުމާއި ގުޅޭގޮތުންވެސް މިޕްރޮގްރާމްތަކުގެ ތެރޭގައި މައުލޫމާތާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.
ގުޅުންހުރި

މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ ބައިނަލްއަޤްވާމީ ގޮންޖެހުމެއް - ކިނާނަތު

ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމުން!
މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި





