
--
ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވަނީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އޭގެއިން ލިބޭ ގެއްލުން ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ތެދު މައުލޫމާތަށް ވުރެ ދޮގު މައުލޫމާތު ފެތުރިގެންދާ ގޮތް ވަރަށް އަވަސް ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށާއި އަދި ދޮގު މަޢޫލޫމާތު ފަތުރާކަމުގައި ވަނީނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔާދީފައެވެ. މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ފޯރަމްގައި މައުލޫމާތު ދީފައިވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ.
ގުޅުންހުރި

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު

ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން، ވިސްނުން އެއަށްވުރެ ފުޅާ - އިހްސާން

މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް - އިހްސާން
.jpg&w=3840&q=75)



