
މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މައްސަލައެއް ނޫން: ޢަރީޝް
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް، އިތުރު އެލަވަންސެއް ދިނުމަކީ އެއްވެސް މައްސަލައެއްނޫންކަމަށް މާލެ ސިޓީ ޑެޕިއުޓީ މޭޔަރ، މުހައްމަދު ޢަރީޝް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މޭޔަރ މި ފަދައިން ވިދާޅުވީ، ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 222 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރ ޢަރީޝް ވަނީ، މާލެ ސިޓީ ކައުންސިލަކީ 24 ގަޑިއިރު ގަޑިއިރު މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތްކުރާ ތަނެއްކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން، މި މުވައްޒަފުން އެވްރެޖްކޮށް ދުވާލަކު 8 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރި ނަމަވެސް، އެ މުވައްޒަފުން ގެއަށް ގެންދާ މުސާރައިގެ ޖުމްލަ ޢަދަދު ބޮޑުތަނުން ކުޑަވުމުން ކަންބޮޑުވާކަން ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ މޭޔަރ ޢަރީޝް ވިދާޅުވީ، ކައުންސިލްގެ އާންމުދަނީން އެ މުވައްޒަފުންނަށް އެލަވަންސެއް ދެވޭނެ ކަމަށެވެ. އެ ގޮތުން، ކައުންސިލްގެ ގިނަ ޢަދަދެއްގެ ސިވިލްސަރވިސް މުވައްޒަފުންނާ ބައްދަލުކޮށް، އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް، ދުވާލަކު 150 ރުފިޔާގެ އެލަވަންސެއް ދިނުމަށް މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް އެ ޢަދަދުން ވެސް އެ މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޢާމްދަނީއާ އަޅައި ބަލާއިރު ގެއަށް ގެންދެވޭ ޢަދަދު ކުޑަވާކަން ފާހަގަކުރެއްވިއެވެ. މި ކަމަށް ހައްލެއް ހޯދައިދިނުމަށް، މި އަށްވުރެ ރަނގަޅު އެލަވަންސެއް، އެ މުވައްޒަފުންނަށް ހޯދައިދިނުމަށް، ކައުންސިލް ފްލޯގައި ވާހަކަދެއްކުމަށް މިހާރު ނިންމާފައި ކަމަށް އަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން ޑެޕިއުޓީ މޭޔަރ ޢަރީޝް ވަނީ، ނިކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ މަގުން އެލަވަންސެއް ދިނުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ޖަލްސާގައި ތިއްބެވި ހުރިހައި ކައުންސިލަރުން ތާއީދު ކުރެއްވި އިރު، މި ކަމަށް ބޭނުންވާ މާލީ ކަންކަން ކައުންސިލްގެ އާންމުދަނީން ކުރެވޭނެ ކަމަށްވެސް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރ ޢަރީޝްގެ ހުށަހެޅުމަށް މޭޔަރ އާދަމް ޢާޒިމް ތާއީދު ކުރައްވައި ވިދާޅުވީ، ކައުންސިލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެލެވެންސެއް ދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ގުޅުންހުރި

މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މައްސަލައެއް ނޫން: ޢަރީޝް

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއިއެކު ބަސް ސްޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމަށް ސޮއިކޮށްފި





