logoEN
Sto top
"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ - އިހްސާން

"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ - އިހްސާން

އަހުމަދު ޝުރާއު

logo

11/10/2025, 8:44:50 AM

# އަލީ އިހްސާން

-

"އީ-ވިސާ"ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އުފުލަން ޖެހުނު ތަކްލީފްތަކަށް ނިމުން އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

އެމް އައިޑީ ޗެކަރގެ ނަމުގައި ތަޢާރަފްވެގެން އައި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އިމިގްރޭޝަން އެންފޯސްމަންޓުގެ ޚިދުމަތަށާއި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ އެ މީހުންގެ ކަންކަން ހަމަ މަގަށް އެޅުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިންގިލާބީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިއަދު ފެނިގެން މިދަނީ މީގެ ދޮޅު އަހަރެއްކުރިން ރައީސް ޑރ. މުޢިއްޒު ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ދާޚިލީ ވުޒާރާއާ މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދެވަނަ ފޭސްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޤަވާއިދުގެ ތެރެއަށް ނުވަދެ އުޅޭ ބިދޭސީން ރާއްޖެއިން ބޭރުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC