

%20(3).jpeg?w=3840&q=75)





-
ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާނެ ވަގުތައް ބަދަލުގެނެސްފައިވާކަން ވެމްކޯއިން ހާމަކޮށްފި އެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި އެ ކޯޕަރޭޝަނުން ދެމުންދާ ކަލެކްޝަން ހިދުމަތް ދެމުންދާނީ 14:00 ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކަމަށެވެ.
އަދި މި ދުވަސްތަކުގައި މެންދުރު 13:00 އިން 14:00 އަށް ކުނި ނެގޭނެ ގޮތަށް އެތަކެތި ރެޑީކުރުމަށްވެސް ވަނީ މިއަދު ވެމްކޯއިން ނެރުނު އިއުލާނުގައި ބުނެފައި އެވެ.
އެގޮތުން މި ބަދަލާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފައް އެދުމާއިއެކު އެކުންފުނީން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައި އެވެ.
ވެމްކޯއިން އާންމުކޮށް ކުނި ނެގުމުގެ މަސައްކަތް ކުރަނީ ހަވީރާއި ރޭގަނޑު އެވެ.


%20(3).jpeg?w=3840&q=75)
