
މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
# މާލެ ސިޓީ ކައުންސިލް-
ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލޭ ސީޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާނާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

"މާލޭ ސިޓީ ކައުންސިލް ޤުރުއާން އަދި މަދަހަ މުބާރާތް 1447"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ޤުރުއާން ކިޔެވުން ކުރިޔަށް ގެންދަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. ޤުރުއާން މުބާރާތެކޭ އެއް ގޮތަށް މަދަހަ މުބާރާތް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ.
އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް މާލެ ސިޓީ ކައުންސިލުން ޢާންމު ކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ ގެޒެޓްގައި ހަމާކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި އެ މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ޤުރުއާން ކިޔެވުމާއި، މަދަހައަށް އިންސާފު ނުކުރާނެކަމަށެވެ. އެހެންނަމަވެސް އެ ނޫން ކޮންމެ އުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، އަދި ކޮންމެ ގޮތްޕަކުން، އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މި ދަރިވަރުންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ވަނަ ވަނަ އަށް އަންނަ ފަރަތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީއާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން މާލެ ސިޓި ކައުންސިލުންގެ ގެޒެޓްގައި ޢާންމު ކޮށްފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ލިންކް މެދުވެރިކޮށް މި މުބާރާތުގެ އުޞޫލުތަކާއި މުޤައްރަރުތައް ޢަންމުކޮށްފައިވާނެ ކަމަށް ވެސް މި އިޢުލާންގައި ބުނެފައިވެއެވެ.
މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 02 ނޮމެމްބަރު 2025 އިން ފެށިގެން 8 ނޮމެމްބަރު 2025 ގެ 14:00 ގެ ވަނީ ހުޅުވައިލެވިފައެވެ.
އަދި މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1622 ގުޅުއްވައިގެން ހޯދޭނެއެވެ.







