
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ހައިރިސްކު ޒޯނަށް: ޣައްޒާއާއި 146 ނޯޓިކަލް މޭލަށް ގާތްވެއްޖެ
# ޣައްޒާޣައްޒާގެ ހިސޯރު ނައްތާލުމުގެ މަގްސަދުގައި ކުރިޔަށްދާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ހައި ރިސްކު ޒޯނަށް ވަދެފި އެވެ.

މި ހަރަކާތުގެ ރަސްމީ އެކްސް އެކައުންޓުން ދާދި ދެންމެ އަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހައިރިސްކު ޒޯނަށް މިހާރު ވަދެވިފައިވާ ކަމަށާއި ޣައްޒާ އޮތީ އެންމެ 145 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ.
މި ޒޯނަކީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.
މި ސަރަހައްދަށް ބޯޓުތައް ވަނުމާއިއެކު އިސްރާއީލަށް ނިސްބަތްވާ ބައެއް ކުދި ލޯންޗުތަކެއް ބޯޓުތައް ވަށައި ދުއްވަމުންދާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ގްލޯބަލް ސުމޫދް ފްލޮޓީލާއިންވެސް މިކަން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 44 ގައުމުގެ 400 އަށްވުރެ ގިނަ ބައިވެރިން ހިމެނެއެވެ. އަދި ފްލޮޓީލާގައި ޣައްޒާގެ އައްސޭރިފަށަށް 50 އަށްވުރެ ގިނަ އުޅަނދު އަންނަނީ ދަތުރުކުރަމުންނެވެ. މި އުޅަނދުތަކަށް އިޓަލީ އާއި ސްޕެއިނުން ރައްކާތެރިކަން ދެމުން އައި ނަމަވެސް އިޓަލީގެ އަސްކަރީ މަނަވަރުން ރޭގެ ވަގުތެއްގައި ވަނީ ފަހަތަށް ޖެހިފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީގެ ޑްރޯންތަކެއްވެސް އަންނަނީ ބޯޓުތައް ދަތުރުކުރަމުން އަންނަ ސަރަހައްދުގައި އުދުހެމުންނެވެ.
ގުޅުންހުރި

ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރަން ނަތަންޔާހޫ ދެކޮޅުހަދައިފި!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއިން އިތުރު މީހަކު ޝަހީދުކޮށް 8 މީހަކު ޒަޚަމްކޮށްލައިފި

ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު އޫދާ އަވަހާރަކޮށްލައިފިން - އިޒްރޭލު




