
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ޚާރިޖީ ވަޒީރަކަށް ހުންނެވި ޑޭވިޑް ލެމީ!
# އިނގިރޭސިވިލާތް-
ޓެކްސްއަށް މަކަރުހެދިކަމުގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އެންޖެލާ ރޭނަރގެ ބަދަލުގައި އެ މަގާމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ހަމަޖައްސައިފިއެވެ.

ފްލެޓެއް ބައްލަވައިގެންނެވި އިރު ޓެކްސް ކުޑަކޮށް ދެއްކުމުން މިނިސްޓަރުކަމުގެ ކޯޑާ ހިލާފުވުމުގެ ސަބަބުން ހުކުރު ދުވަހު ރެއިނާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ލެމީ ޕްރޮމޯޓް ކުރެއްވުމާއިއެކު އެގައުމުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން މިއަދު ގެނައި ބަދަލުތަކާއިއެކު ލަމީގެ ބަދަލުގައި ޚާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ އެގައުމުގެ ދާޚިލީ ވަޒީރު ޔެވެޓް ކޫޕާ އެވެ. އަދި ކުރިން ޖަސްޓިސް ސެކްރެޓަރީގެ މަގާމު ގައި ހުންނެވި ޝަބާނާ މަހްމޫދު މިހާރު ވަނީ ކޫޕާގެ ބަދަލުގައި ދާހިވީ ވަޒީރުގެ މަގާމަށް އައްޔަނުކުރައްވާފައި އެވެ.
އަދި ބަދަލުތަކާއިއެކު ބޮޑުވަޒީރުގެ ނައިބު އިތުރުން ލެމީ ވަނީ ޖަސްޓިސް ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކާއިވެސް ހަވާލުވަޑައިގެންފައެވެ.
މަގާމުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން ސަރުކާރުން ވަކިކުރައްވަން ނިންމަވާފައިވާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ހައުސް އޮފް ކޮމަންސްގެ ލީޑަރު ލޫސީ ޕަވެލް އާއި ސްކޮޓްލޭންޑްގެ ސެކްރެޓަރީ އިއާން މަރޭ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އެކްސްގައި ޕަވަލް ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ބަދަލުގައި އާ ކޮމަންސް ލީޑަރަކު ހަމަޖެއްސުމުގެ ވިސްނުން ހުންނެވި ކަމަށް ބޮޑުވަޒީރު ސްޓާމަރ އޭނާއަށް އަންގާފައިވާ ކަމަށެވެ.
ގުޅުންހުރި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ޚާރިޖީ ވަޒީރަކަށް ހުންނެވި ޑޭވިޑް ލެމީ!

އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާއި ހަވާލުކޮށްފި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!
