logoEN
Sto top
ރައީސްގެ ވަޢުދުފުޅު ފުއްދުމަށް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް މަޝްރޫޢު އިން އެހީތެރިވެދޭނެ - ޑރ ކިނާނަތު

ރައީސްގެ ވަޢުދުފުޅު ފުއްދުމަށް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް މަޝްރޫޢު އިން އެހީތެރިވެދޭނެ - ޑރ ކިނާނަތު

އަހުމަދު ޝުރާއު

logo

8/21/2025, 12:15:22 PM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް މަޝްރޫޢު އިން އެހީތެރިވެދޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

Wamco

ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް ތައްޔާރުވުމަށް އިންޒާރުދޭ ނިޒާމެއް ގާއިމްކުރުމަށް މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ މި މަޝްރޫޢަކީ، ޑިޖިޓަލް މޯލްޑިވްސް އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ޤައުމީ ލަނޑުދަނޑިތަކާއި ގުޅިފައިވާ މަޝްރޫއު އެއްކަން ފާހަގަކުރައްވާފައެވެ.

އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައިވާ ގޮތުގެ މަތިން، އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުއިން އެހީތެރިވެދޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ޤާއިމުކުރެވުނު ސިސްޓަމަކީ އަދި ޕައިލެޓް ސިސްޓަމެއްކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ ސިސްޓަމް ފަރުމާކުރެވިފައިވަނީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

އަދި މިއީ، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއް ކަމަށާއި މި ޕްލޭން އެކުލަވާލެވިފައިވަނީ ލާމަރުކަޒީ ގޮތުންނާއި، ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށްވެސް ސްޓޭޓް ވިދާޅުވިއެވެ.

މި ސިސްޓަމަކީ ކާރިސާއެއް ކުރިމަތިވުމުން އެ ހާދިސާއަކަށް ބިނާކޮށް ދުރާލާ ތައްޔާރީތައް ވުމަށް އެހީވެދޭނެ ސިސްޓަމެއް ކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC