logoEN
Sto top
އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ - ނިއުޔޯކްޓައިމްސް

އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ - ނިއުޔޯކްޓައިމްސް

އަހުމަދު ޝުރާއު

logo

6/23/2025, 6:37:05 PM

# އެމެރިކާ

މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އެއް އެއާބޭސް ކަމަށްވާ އަލް އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ ކަމަށް އެމެރިކާގެ ސަލަމާތީ އޮފިޝަލަކާއި ހަވަލާދީ އެގައުމުގެ އެންމެ އިތުބާރުހުރި އެ އްނޫސް ކަމަށްވާ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.

Wamco

ވައިޓްހައުސްގެ އިސް އޮފިޝަލަކާއި ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އިތުރު ހަމަލާއެއް ދޭން ބޭނުމެއް ނުވެއެވެ. އަދި މިރޭ އިރާނުން ދިން ހަމަލާއަކީ ޓްރަމްޕު އަންދާޒާކޮށްގެން ހުރި ހަމަލާއެއް ކަމަށްވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައި އެވެ.

މިކަން ވައިޓް ހައުސްގެ އެހެން އޮފިޝަލަކާއި ހަވާލާދީ ސީއެންއެންއިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް މިކަން ޓްރަމްޕު އަމިއްލަފުޅަށް އަދި އިއުލާނެއް ނުކުރެއެވެ.

އިރާނުން މިރޭ ހަމަލާދިނީ ގަތަރުގައި ހުންނަ އެމެރިކާގެ މެދުއިރުމަތީ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއާބޭސް ކަމަށްވާ އަލް އުދީދު އެއާބޭސްއަށެވެ. އިރާނުގެ މި ހަމަލާއަކީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެން ދިން ރައްދަު ހަމަލާއެކެވެ. އެގޮތުން އިއްޔެ އެމެރިކާގެ ހަމަލާތަކަކީ އިސްރާއީލުގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside