logoEN
Sto top
242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

އަހުމަދު ޝުރާއު

logo

6/12/2025, 9:03:29 AM

# އިންޑިއާ

-

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

Wamco

އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރިއަށެވެ.

އެގޮތުން ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ދާދި ދެންމެ އަކު ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.

ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެއް ކަމަށް އެއާއިންޑިއާއިން ވަނީ ދާދި ދެންމެ އަކު ކަށަވަރުކޮށްދީފައި އެވެ.

ބޯޓު ވެއްޓުނީ ބޯޓު ފުރިތާ ފަސްމިނެޓު ފަހުން ކަމަށް އިންޑިއާގެ އޭވިއޭޝަން އޮފިޝަލުން ބުނެއެވެ. އެގޮތުން ބޯޓު ފުރީ އިންޑިއާ ގަޑިން މިއަދު 1:38 ގައި ކަމަށާއި ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޓަވަރަށް " މޭޑޭ" ކޯލެއް އައިކަމަށް އޮފިޝަލުން ބުނެއެވެ. އަދި މޭޑޭ ކޯލަށް ޓަވަރުން ޖަވާބު ދިން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނީ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މި ހާދިސާއާއި ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ހާދިސާގެ ބޮޑު ތަހުގީގެއް ފެށުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައި އެވެ. އަދި އިންޑިއާގައި ދާހިލީ ވަޒީރާއި އޭވިއޭޝަން ވަޒީރު މިހާރު ގެންދަވަނީ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside