
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުންވެސް މެއި މަހުގެ ބިލްތައް ބޮޑުކަމަށް ފެންނަ ސަބަބު ސްޓެލްކޯއިން ތަފްސީލްކޮށްދީފި
# ސްޓެލްކޯ-
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުންވެސް މެއި މަހުގެ ބިލްތައް ބޮޑުކަމަށް ފެންނަ ސަބަބު ސްޓެލްކޯއިން ތަފްސީލްކޮށްދީފި އެވެ.

ސްޓެލްކޯއިން މިކަން ތަފްސީލްކޮށްދީފައިމިވަނީ ޓެރިފްތަކަށް ގެނައި ހެޔޮ ބަދަލާއިއެކުވެސް ކަރަންޓު ބިލް އަގުހެޔުނުވާ ކަމަށްބުނެ ބައެއް ފަރާތްތަކުން އެކަމުގެ ކޮންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
އެގޮތުން ސްޓެލްކޯއިން އިއްޔެ ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ. އަދި އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށް ސްޓްލެކޯއިން ވަނީ ބުނެފައި އެވެ.
އަދި އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، އެކުންުފނީގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުއްވުން އެދިފައި އެވެ.
ގުޅުންހުރި

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ ކަރަންޓު ދެމުން - ސްޓެލްކޯ
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން: މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން - ސްޓެލްކޯ

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ އެސްޓީއޯ ހިޔާއަށް ކަރަންޓުދޭ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން - ސްޓެލްކޯ
