logoEN
Sto top
ބީއެމްއެލްގެ އަމާޒަކީ ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުން - ޝަރީފް

ބީއެމްއެލްގެ އަމާޒަކީ ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުން - ޝަރީފް

އަހުމަދު ޝުރާއު

logo

5/29/2025, 7:57:42 AM

# ބީއެމްއެލް

--

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުން ކަމަށް އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Wamco

ޝަރީފް މިހެން ވިދާލުވީ ބޭންކް އޮފް މޯލްޑިވްސްގެ ކާމިޔާބު މާލީ އަހަރަކަށްފަހު ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަހަރީ އާންމު ޖަލްސާގައި ޝަރީފް ވަނީ ބޭންކުގެ ހަރުދަނާ މާލީ ނަތީޖާއަށާއި ޑިޖިޓަލް ޚިދުމަތްތަކުގެ ކާމިޔާބީއަށާއި މުޖުތަމަޢުތަކަށް ބޭންކުން ދޭ މާލީ އެހީތެރިކަމާ ބެހޭ ގޮތުން އަލިއަޅުއްވާލައްވަފިއެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށާއި މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8% ގެ ކުރިއެރުމެއް ކަމަށެވެ. ބޭންކުގެ ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައިކަން ހާމަކުރައްވައި ޝަރީފް ވިދާލުވީ ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58% ކަމަށެވެ.

" މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު." ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58% ގައި، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް. މި އަދަދުތަކުން އަޅުގަނޑުމެންގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ޚިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ. މި ގޮތުން މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ %99 ހިންގަނީ ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށެވެ.

ބޭންކުގެ ކުރިމަގަށް އަލިއަޅުއްވާލައްވައި ޝަރީފް ވިދާޅުވީ އެބޭންކުން މަސައްކަތް ކުރަމުން ދަނީ މި ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑިހާސިލުކުރުމަށް ކަމަށެވެ. ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ ޓީމަކީ، އަބަދުވެސް އެބޭންކުގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށެވެ

" ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަޅުގަނޑުމެންގެ ވަފާތެރި މުވައްޒަފުންނާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އެ މުވައްޒަފުންގެ ވަފާތެރިކަމާއި، ބުރަ މަސައްކަތުން ކޮންމެ ދުވަހަކުވެސް ބޭންކު ކުރިއަށް މިދަނީ ބާރު ދުވެލީގައި. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުން، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބޭ." ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފިއެވެ. މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside