
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެސްއޯއީތަކުގެ ދާއިރާއިން އެއްވަނަ ސްޓެލްކޯއަށް!
# ސްޓެލްކޯ--
މިއަދު މާލޭގައި ރަސްމީކޮށް ފަށާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހުށަހެޅި އެއްވަނަ ހުށަހެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ހުށަހެޅުން ހޮވިއްޖެ އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.
އެގޮތުން ސްޓެލްކޯއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ލިބުނު އިރު އެކުންފުނީގެ ފަރާތުން އެވޯޑާއި ހަވާލުވެވަޑައިގެންނެވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
އެކުންފުންޏަށް އެއްވަނަ ވަނަ ލިބިފައިވަނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ 'ރީޖަނަލް ސްކާޑާ' ނިޒާމަށެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ހިދުމަތުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި، އެ މައްސަލަތައް ރަނގަޅުކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި ކުއްލިއަށް ކަރަންޓު ކެނޑުން މަދުކުރެވި، މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރަން ފަސޭހަވެގެންދާނެއެވެ.
ސްޓެލްކޯއިން ބުނީ މި ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށާއި މި ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރު ހިމެނޭ ކަމަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު މިރެއިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާއިރު މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ބާއްވާ މައުރަޒެކެވެ.
ގުޅުންހުރި

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ ކަރަންޓު ދެމުން - ސްޓެލްކޯ
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން: މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން - ސްޓެލްކޯ

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ އެސްޓީއޯ ހިޔާއަށް ކަރަންޓުދޭ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން - ސްޓެލްކޯ
