logoEN
Sto top
އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާއި ހަވާލުކޮށްފި

އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

5/22/2025, 2:53:04 PM

# އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި މީގެ ކުރީން އޮތް ޗާގޯސް ރަސްމީ ގޮތުން މޮރިޝަސްއާއި ހަވާލުކޮށްފި އެވެ.

Wamco

ޗާގޯސް އައިލެންޑްސްގެ ކޮންޓްރޯލް މޮރިޝަސްއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާކަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކީރް ސްޓާމަރ ދާދި ދެންމެ އަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި އެއްބަސްވުމާއި އެކު ޗާގޯސްގައި ހިމެނޭ ޑިއޭގޯ ގާސިއާގެ މުހިންމު އަސްކަރީ މަރުކަޒު ކުއްޔަށް ދިނުމުގެ ބާރު ވެސް ލިބިގެންދާނީ މޮރިޝަސްއަށެވެ.

މިކަން ރަސްމީކޮށް އިއުލާނުކުރައްވަން ހާޓްފޯޑްޝަޔާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދުޅު ދައްކަވަމުން ސަރ ކީއަރ ސްޓާމަރ ވިދާޅުވީ މިނިންމުން ނިންމި ސަބަބުތަކުގެ "ފުލް އެސެސްމަންޓް" އަކީ "ހައިލީ ކްލެސިފައިޑް" ނިންމުމެއް ކަމަށެވެ.

ޖާގޯސްގައި ހިމެނޭ ޑިއޭގޯ ގާސިއާ އަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޖޮއިންޓް ބޭސްއަކަށް ވާއިރު އިނގިރޭސިވިލާތުން ޖާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ ތާއީދުކުރައްވާފައި އެވެ.

މި ނިންމުމާއި ގުޅިގެން ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ އެއްބަސްވުން ފައިނަލް ކުރަން މަޖުބޫރުވީ ކަމަށާއި އެހެން ނޫންނަމަ، މޮރިޝަސްއިން ބައިނަލްއަޤްވާމީ ކޯޓުތަކުގައި އިނގިރޭސިވިލާތާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު ތައް އަޅަމުން ގޮސް، ކާމިޔާބު ހޯދުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު އަދަބުތަކެއް ކަނޑައެޅާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މިގޮތުން ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އިރު 2019 ވަނަ އަހަރު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެ ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ކޯޓު އަމުރަކުން ފަހު ވަގުތު ހުއްޓުވިނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވެ އެ އަމުރު އުވާލައި އެއްބަސްވުމައިގެން ކުރިއަށްދިއުމުގެ ހުއްދަ ވަނީ ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC