
--
ރާއްޖޭގެ ސަރަހައްދުގައި ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިފައިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރެއާއި ހަމައަށް މި ބޯޓް މިހާރު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.
މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ.
ސިފައިން ބުނީ ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpg?w=3840&q=75)


.jpg?w=3840&q=75)
