logoEN
Sto top
އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

5/9/2025, 2:28:25 PM

# އެމްއެންޑީއެފް

--

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަށް ނޭވީ ގުޅިގެން "ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު)" ގެ ނަމުގައި އެކްސަސަައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މޭ 5 އިން 7 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި ކުރިއަށް ގެންދިޔަ މި އެކްސަސައިޒަކީ، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީއާ ދެމެދު އިންޓަރއޮޕަރޭބިލިޓީ އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި އެކްސަސައިޒުގައި ޑިޒާސްޓަރ ރެސްޕޮންސް ކޯޑިނޭޝަންއާއި، ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންސްއާއި، މެޑިކަލް އެސިސްޓެންސްއާއި، ލޮޖިސްޓިކަލް ސަޕޯޓްއާއި، ޖޮއިންޓް ޑްރިލްސްއާއި، ޓްރޭނިންގ ސެޝަންސްތަކުގެ އިތުރުން ގުދުރަތީ ކާރިސާއަކަށް ފަހު ކޮމިއުނިޓީ އެންގޭޖްމަންޓާ ގުޅުން ހުރި ކަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްއޭޑީއާރުގެ ނަމުގައި ފުރަތަމަ ފަހަރަށް ބޭއްވި މި އެކްސަސައިޒަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އެކުވެރިކަން ހަރުދަނާކޮށް، ގުދުރަތީ ކާރިސާތަކާއި އެހެނިހެން އިންސާނީ ގޮންޖެހުންތަކަށް ފައިދާހުރި ގޮތެއްގައި ތައްޔާރުވެ ތިބުމަށް ބޭއްވި އެކްސަސައިޒެކެވެ.

އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި މޭ 5 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފްއާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންއާއި، އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ އިތުރުން އޮފިސަރުންނާއި އެކްސަސައިޒްގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside