logoEN
Sto top
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޚާއްސަ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޚާއްސަ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

4/20/2025, 9:48:33 AM

# އެކޮނޮމިކް މިނިސްޓްރީ

--

ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތުގެ ދަށުން، ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

Wamco

މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށުނު މި ޕްލެޓްފޯމަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

ޓްރޭޑިއަންގެ ފުރަތަމަ މަރުޙަލާގައި، ސަރުކާރުގެ 5 މުއައްސަސާއެއްގެ ޚިދުމަތްތައް ހިމެނިފައިވެއެވެ. މި ޚިދުމަތްތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފޯރުކޮށްދެމުންދާ އުޅަނދުފަހަރު ބަނދަރުކުރެވޭ ވަގުތުތަކާއި، ކަނޑުމަގުން އަންނަ މުދަލުގެ މެނިފެސްޓް ހުށަހެޅުމުގެ ޚިދުމަތްތައް ހިމެނެއެވެ. މީގެއިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފޯރުކޮށްދެމުންދާ ބައިނަލްއަޤްވާމީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްވެސް ޓްރޭޑިއަންގެ ތެރެއިން ލިބެން ހުންނާނެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފޯރުކޮށްދޭ އޫރުމަހާއި ބަނގުރާ އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުމުގެ ޚިދުމަތްވެސް މި ނިޒާމުގެ ތެރެއިން ލިބޭނެއެވެ. އަދި ހަމައެހެންމެ، ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާއިން ދޫކުރާ އިމާރާތްކުރުމުގެ ތަކެތި އިމްޕޯޓް ކުރުމުގެ ހުއްދަވެސް ޓްރޭޑިއަން މެދުވެރިކޮށް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ޝިޕިންގ އެޖެންޓުންނާއި ޕްރައިވެޓް ފޯވަރޑިންގ ޚިދުމަތް ދޭ ފަރާތްތަކަށް މިއަދުން ފެށިގެން 31 މެއި 2025 އާއި ހަމައަށް ރަޖިސްޓަރީ ވުމަށް މުދައްތުވަނީ އިތުރު ކުރެވިފައެވެ. އެހެންކަމުން 1 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް، ޓްރޭޑިއަން ޕްލެޓްފޯމް ފިޔަވައި އެހެން ޕޯޓަލްތައް ބޭނުންކުރުން ހުއްޓާލެވޭނެއެވެ.

މި ނިންމުމަކީ 2 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަޞައްވަރާ އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ.

ޓްރޭޑިއަންގައި ރަޖިސްޓްރީވުމާއި ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001) އަށް ގުޅުއްވާ ނުވަތަ އަށް އީމެއިލް ކުރެއްވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside