logoEN
Sto top
އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

އަހުމަދު ޝުރާއު

logo

4/15/2025, 1:25:06 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫސިވިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

Wamco

ސްޓޭޓް މިނިސްޓަރ އާތިފް މިފަދައިން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން މިއަދު ކުރިއަށް ގެންދާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން މަސައްކަތުބައްދަލުވުމާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިގޮތުން، ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ކުރިއަށް އޮތް 5 އަހަރު ދުވަހަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގޭނެ ހަރަކާތްތަކާއި، މި ހަރަކާތްތައް ހިންގޭނެ ދާއިރާތަކުގެ ޕްލޭން އެކުލަވާލުމުގެ އެންމެ ފަހުގެ މަރުހަލާކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ވަނީ ވިދާޅުވެފައެވެ.

މި އެކްޝަން ޕްލޭންގައި އެކުލެވިގެންވަނީ މައިގަނޑު 5 އަމާޒެއްކަމަށާއި، އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްޙީ ދުޅަހެޔޮކަމާއި، ތަޢުލީމާއި، ވަޒީފާއާއި، އެކްސެސިބިލިޓީގެ އިތުރުން، ހަމަހަމަކަމާއެކު އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުން ހިމެނޭކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ނޭޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން ފައިނަލްކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާތްތަކާއި، ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވެސް ބައިވެރިވާކަމަށެވެ. އަދި މި ޕްލޭނަށް މިއަހަރުގެ މެދުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް ވެސް ސްޓޭޓް މިނިސްޓަރ އާތިފް ވަނީ ފާހަގަކުރައްވާފައެވެ. ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭނެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside