
--
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސް ޑްރައިވަރުން ތާޒާކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.

މި މަހު 14 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައްކާތެރިކަމާއެކު ބަސް ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް ޑްރައިވަރުން ތާޒާކުރުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ބަސް ދުއްވާއިރު ރައްކާތެރިކަމާއެކު ދުއްވާނެ ގޮތްތަކުގެ މައުލޫމާތު ދިނުމާއި ބަހުގެ ޚިދުމަތް ދޭއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ތިމާ ތައްޔާރުވާންޖެހޭގޮތާއި ދަތުރުކުރުމުގައި މަގަށް ސަމާލުކަންދިނުމާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން ވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
މި ޕްރޮގްރާމަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖަމްންޓާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




