logoEN
Sto top
ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި

ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި

އަހުމަދު ޝުރާއު

logo

4/15/2025, 12:43:31 PM

# ރާއްޖެ - ތުރުކީ

--

ރިޕަބްލިކް އޮފް ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި އެވެ.

Wamco

މިއަދު އޮތް ރަސްމިއްޔާތެއްގައި ތުރުކިޔޭގެ އަންކަރާގައި ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.ޢަބްދުالله ޚަލީލެވެ. އެގޮތުން އެމްބަސީ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރު ހަލީލް ވަނީ އެމްބަސީގައި ރާއްޖޭގެ ގައުމީ ދިދަ ނަންގަވާ ދެއްވާފައި އެވެ.

މިރަސްމިއްޔާތުގައި ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް މެހްމެތު ނޫރީ އެރްސޯއީއާއި، ތުރުކިޔޭއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެވަޑައިގެންނެފި އެވެ. މީގެ އިތުރުން މޯލްޑިވްސް-ތުރުކިއޭ އިންޓަރޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮނަރަބަލް ޑޮކްޓަރ އުމްމުގުލޭން އޮޒްތުރްކްއާއި، ތުރުކިޔޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، ތުރުކީގެ ނޫސްވެރިންގެ އިތުރުން، އެމްބަސީގެ މުވައްޒަފުންނާއި އަންކާރާގައި ދިރިއުޅޭ ދިވެހީން ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކިޔޭގައި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަނެއް ޤާއިމުކުރެވުމަކީ ރާއްޖެއާއި ތުރުކިޔޭއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކިޔޭގައި އިތުރުވަމުންދާ ދިވެހި ޑައިސްޕޯރާއަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މި އެމްބަސީވެގެންދާނީ ދެޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ގޮތުން ގުޅުން ބަދަހިކުރުމަށް އާ ފުރުޞަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ތުރުކިޔޭގައި އެމްބަސީ ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއީ ދެޤައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމާއި، ސަޤާފީ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެމްބަސީން މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް މެހްމެތު ނޫރީ އެރްސޯއީ ދެއްކެވި ވާހަކަފުޅުގައި، ރިޕަބްލިކް އޮފް ތުރުކިޔޭއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުން ފެށިގެން ސަގާފަތާއި، އިޤްތިޞާދުން ފެށިގެން ތަޢުލީމީ ދާއިރާއިން ވެސް، ޒަމާނުއްސުރެ އެކުވެރި ކަމުގެ ގުޅުން ތަރައްޤީވެ، ބަދަހިވެފައިވާކަން މިނިސްޓަރ އެރްސޯއީ ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside