
ސްކަވެންޖާސް ބަލިކޮށް ގުރޫޕްގެ އެއްވަނަ މައިލޯ ސިޓީން ކަށަވަރުކޮށްފި
# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރުމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިލޯ ސިޓީގެ މުހައްމަދު އިންޝާލް
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ސްކަވެންޖާސް އާއި މައިލޯ ސިޓީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ މައިލޯ ސިޓީ އިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްކަވެންޖާސް ކުޅުނު ފުރަތަމަ މެޗުގައި ފުރެންޑްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އައްޑޫ އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އާކް) އަތުން އެޓީމު ބަލިވީ ވެސް 1-0 ގެ ނަތީޖާއަކުންނެވެ. އަދި މައިލޯ ސިޓީގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އާކް އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ފުރެންޑްސް ކުލަބާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަަމަ ހާފުގައި މައިލޯ ސިޓީން ކާމިޔާބުކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މައިލޯ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީގެ މުހައްމަދު އިންޝާލް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މައިލޯ ސިޓީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ ކުއާޓާ ފައިނަލް ޔަގީންކޮށްފައެވެ. އަދި މިމެޗުން ބަލިވި ސްކަވެންޖާސް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިިފި

ސްކަވެންޖާސް ބަލިކޮށް ގުރޫޕްގެ އެއްވަނަ މައިލޯ ސިޓީން ކަށަވަރުކޮށްފި
