logoEN
Sto top
ވާދަވެރި ކުޅުމަކަށް.ފަހު ކުލަބު އެސްސީ ބަލިކޮށް ވެމްކޯ ކުއާޓާ ފައިނަލުން ޖާގަހޯދައިފި

ވާދަވެރި ކުޅުމަކަށް.ފަހު ކުލަބު އެސްސީ ބަލިކޮށް ވެމްކޯ ކުއާޓާ ފައިނަލުން ޖާގަހޯދައިފި

ހަސަން ޝަމްއޫން

logo

3/16/2025, 11:26:36 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުލަބު ވެމްކޯގެ ހަސަން ލައުހް (ވ)

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ބީގައި، އާދިއްތަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ކުލަބު ވެމްކޯ އާއި ކުލަބު އެސްސީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯ އިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި އޯޓީއެފް އެސްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި އެފްސީ ހަބޭސް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި ކުލަބު އެސްސީގެ ފުރަތަމަ މެޗުގައި އެފްސީ ހަބޭސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އޯޓީއެފް އެސްސީ އާއި ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކުލަބު ވެމްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ކުލަބު ވެމްކޯގެ ހަސަން ލައުހް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަތޫފް އެވެ. އަދި މީގެ އިތުރުން މިމެޗުގައި ކުލަބު އެސްސީގެ ދެލަނޑު ވެސް އެޓީމުގެ އިބްރާހިމް އާސިފް ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ވެމްކޯގެ ހަސަން ލައުހް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ކުލަބު ވެމްކޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ދެވަަނަ ޓީމުގެ ގޮތިގައި ކުއާޓާ ފައިނަލުން އެޓީމަށް ވަނީ ޖާގައެއް ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި ކުލަބު އެސްސީ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside