
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް!
# އިސްލާމިކް މިނިސްޓްރީ--
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒަމާނީ ބަދަލުތަކެއް ގެނެސް އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސް ނެންގެވުމުގެ މަތިން ގެންނެވި މި ބަދަލުތައް ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ފާސްކޮށް ވުޒާރާއަށް އަންގަވާފައެވެ. ވުޒާރާގެ އޮނިގަނޑައަށް ގެނައި ބަދަލާއެކު ބައެއް ސެކްޝަންތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
އެގޮތުން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ސެކްޝަންގެ ދަށުން ޓްރެއިނިންގ އަދި ޕާފޯމަންސް މެނޭޖްމަންޓަށް ޙާއްސަ ޔުނިޓެއް އުފައްދާފައިވާއިރު މިނިސްޓަރސް ސެކްރެޓޭރިއެޓް ސެކްޝަން އުފައްދާ އެ ސެކްޝަންގެ ދަށުން ސެކްރެޓޭރިއެޓް ޔުނިޓް، ފޮރިން ރިލޭޝަންސް ޔުނިޓް، މީޑިއާ ޔުނިޓް އަދި ޕޮލިސީ އެންޑް ސްޓެރެޖިކް ޕްލޭނިންގ ޔުނިޓު އުފެއްދުމާއި ވަޒީރާއި ޕާމަނަންޓް ސެކްރެޓަރީގެ ސީދާ ބެއްލެވުމުގެ ދަށުން މި ސެކްޝަން ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓުގެ މޮސްކް އެފެއާޒް ޑިވިޜަންގެ ނަން އައުޤާފް އެންޑް އިސްލާމިކް ޑިވެލޮޕްމެންޓް ޑިވިޜަންއަށް ބަދަލުކޮށްމ މި ޑިވިޜަންގެ ދަށުގައި އޮތް އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން ދެ ސެކްޝަނަކަށް ބަދަލުކޮށް އައުޤާފް ސެކްޝަނާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން ވަކިން މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.
އަދި އައުޤާފް ސެކްޝަންގެ ދަށުން އައުޤާފް އެޑްމިނިސްޓްރޭޝަން ޔުނިޓާއި ފަންޑް މެނޭޖްމަންޓު ޔުނިޓް އުފެއްދުމާއި، މޮސްކް މެނޭޖްމެންޓް ސެކްޝަންގެ ދަށުން ގްރޭޓާ މާލެ މޮސްކްސް ޔުނިޓާއި، ނޮދަން މޮސްކިސް ޔުނިޓް އަދި ސަދަން މޮސްކްސް ޔުނިޓު އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ވުޒާރާގެ އިސްލާމިކް އެފެއާޒް ޑިވިޜަންގެ ދަށުގައި އޮތް އިސްލާމިކް ދައުވާ ސެކްޝަންގެ ނަން ދަޢުވާ އެންޑް ގައިޑަންސް ސެކްޝަނަށް ބަދަލުކޮށްފައިވާއިރު، އިސްލާމިކް ސަޢުވާ ސެކްޝަންގެ ދަށުގައި އޮތް ދެ ޔުނިޓް އުވާލާ ދަޢުވާ އެންޑް ގައިޑަންސް ސެކްޝަންގެ ދަށުން 3 ޔުނިޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގްރޭޓާ މާލެ ރީޖަން އެވެޔަނަސް ޔުނިޓާއި، ނޮދަން ރީޖަން އެވެއަނަސް ޔުނިޓާއި، ސަދަން ރީޖަން އެވެއަނަސް ޔުނިޓެވެ.
މީގެ އިތުރުން މީޑިއާ އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ނަން ރިސާޗް އެންޑް ޕަބްލިކޭޝަން ސެކްޝަނަށް ބަދަލުކޮށް، ރިސާޗް އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ދަށުން ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓު އުފެއްދުމާއި، ކުރިން އޮތް މީޑިއާ އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ދަށުގައި އޮތް އިސްލާމިކް ލައިބްރަރީ ޔުނިޓު މި ޑިވިޜަންގެ ދަށުގައި އޮންނަ ވަކި ސެކްޝަނަކަށް ހެދުމަށާއި ޙައްޖު އެންޑް ޢުމްރާ ޔުނިޓް ސެކްޝަނަކަށް ހެދުމަށް އާ އޮނިގަނޑުގައި ވަނީ ކަނޑައަޅާފައެވެ.
ވުޒާރާގެ އޮނިގަނޑަށް މި ގެނައި ބަދަލުތަކާއިއެކު ވުޒާރާގެ ހިންގުމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް އައުމާއެކު، ވުޒާރާގެ ޙިދުމަތް ހޯދާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ވުޒާރާގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވުޒާރާގެ މަސައްކަތްތަށް ކުރިއަށްވުރެ ބޮޑަށް ފޯރުކޮށްދިނުމަށްވެސް މި ބަދަލުތަކާއެކު މަގު ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އިޙްޔާ ފޯރަމް މިރޭ މާލެގައި، ތަޤުރީރު ކުރައްވާނީ އައްޝައިޙް މުޙައްމަދު ޤުބާދު އަބޫބަކުރު!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް!
