logoEN
Sto top
ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

އަހުމަދު ޝުރާއު

logo

3/4/2025, 6:40:32 PM

# ހިޒްބުالله

އިރާނުގެ ފުރިހަމަ ތާއީދާއި އެކު އޮޕަރޭޓްކުރަމުން އަންނަ ހިޒްބުالله ޖަމާއަތުގެ އިސް ލީޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލު އަސްކަރިއްޔާއިން ބުނެފި އެވެ.

Wamco

އެކްސްގައި ޔަހޫދީ އަސްކަރިއްޔާއިން ކުރި ޕޯސްޓެއްގައި ބުނީ ހިޒްބުاللهގެ އެލީޓް ރަދުވާން ފޯސްގެ ސީނިއާ ކޮމާންޑަރެއް ކަމަށްވާ ހާޝިމް ޚާދަރަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އޭނާ ޝަހީދުކޮށްޅާފައިވާ ކަމަށެވެ.އަދި ހަމަލާ ދީފައިވަނީ ވައިގެ މަގުން ލުބުނާނުގެ ދެކުނުގެ ޤާނާ ސަރަޙައްދުގައި ކަމަށެވެ.

ޔަހޫދީން ތުހުމަތުރާ ގޮތުގައި ކަނޑުގެ މަގުން ލުބުނާނަށް ހަތިޔާރު ގެނައުމުގައި ޚާދަރު އިސް ރޯލެއް އަދާކުރެއެވެ.އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ބުނީ ޚާދަރަކީ ހިޒްބުالله ޖަމާއަތާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލަން ފެށި ފަހުން ޝަހީދުކޮށްލި އެންމެ އިސް އޮފިޝަލު ކަމަށެވެ.ހިޒްބުاللهގެ ފަރާތުން އަދި މިހާތަނަށް މިކަމާއި ގުޅިގެން ބަހެއް ބުނެފައެއް ނުވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside