
ހޮނިހިރުގެ ނިޔަލަށް އަސީރުން ދޫކޮށްނުލައިފި ނަމަ ޣައްޒާ ގަތުލުއާންމު ފަށާނެކަމުގެ އިންޒާރު ޖައްބާރު ނަތަންޔާހޫ ދީފި
# ޣައްޒާހޮނިހިރު ދުވަހުގެ ނިޔަލަށް ޔަހޫދީ އަސީރުން ދޫކޮށްނުލައިފި ނަމަ ޣައްޒާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފި އެވެ.

މިއަދު ދިން ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ހަމާސް އިން ހައްޔަރުކުރި ޔަހޫދީން މިނިވަން ނުކޮށްފި ނަމަ އިސްރާއީލާއި ފަލަސްތީނުގެ ހަމާށް އެޅި ޖަމާއަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދީފައި އެވެ.
"ހަމާސް އެންމެ ފަހުން ބަލިވަންދެން އަސްކަރިއްޔާ އިން ވަރުގަދަ ހަނގުރާމައަކަށް ދާނެ،" ވީޑިއޯ ބަޔާނެއްގައި އޭނާ ބުންޏެވެ.
ކެބިނެޓްގެ ހަތަރު ގަޑިއިރަށް ބޭއްވެވި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން އިސްރާއީލުގެ ލީޑަރު އިތުރަށް ބުނީ އިސްރާއީލު ސިފައިން "ޣައްޒާގެ އެތެރޭގައާއި ވަށައިގެން" އެއްވުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ނަތަންޔާހޫ މިފަދައިން ބުނެފައި މިވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، ޣައްޒާގައި ދިން ބައެއް އެހީތައް ހިފަހައްޓާފައިވާ ކަމަށް ހަމާސް އިން އިއްޔެ ބުނެފައި ވަނިކޮށެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



