logoEN
Sto top
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި

އަހުމަދު ޝުރާއު

logo

2/11/2025, 1:29:38 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލޭގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މިމަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ހާއްސަ ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އަދި މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކައި، ސުލިޕް ފޮނުވުމުން ހާއްސަ ސަމާލުކަންދޭންޖޭ ކަންކަމާއި އެކައުންޓަށް ފައިސާ ޖަމާވުމުން ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށްފަވާއިރު ސައްހަ ނޫން ސުލިޕް ދެނެގަންނާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލޭގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތުދީފަވާއިރު ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުންވެސް ދާދި ފަހުން ވަނީ އެދިފައެވެ.

ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާ ކަމަށް ބުނެފައެވެ.

ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓް ތަކަށް ސަމާލުވުމަށް އެދި ސައިބަރ ކްރައިމް ސެންޓަރުން ވަނީ ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އެދިފައެވެ.

އަދި ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދު ނަމަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީން ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން އެދެއެވެ.

ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުމަށާއި މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތިރަށް ބަލަން ފުރުސަތު ލިބިގެންދާނެ ކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

އަދި ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަ ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ.

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު ދަނީ ބަދަލު ކުރަމުން ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside