logoEN
Sto top
މެލޭޝިއާގެ ކިއުސްޓަޑީ އާއި ޓޭލާސް ޔުނިވާސިޓީ ގުޅިގެން ރާއްޖޭގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގުރާމެއް!

މެލޭޝިއާގެ ކިއުސްޓަޑީ އާއި ޓޭލާސް ޔުނިވާސިޓީ ގުޅިގެން ރާއްޖޭގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގުރާމެއް!

އަހުމަދު ޝުރާއު

logo

2/2/2025, 11:07:26 AM

# ޔޫތު މިނިސްޓްރީ# ރާއްޖެ - މެލޭޝިއާ

--

ޒުވާނުން ޚާއްސަ ކޮށްގެން މާލެ ސަރަހައްދުގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ޕްރޮގުރާމަކީ މިނިސްޓްރީ އޮފް ޔޫތު އާއި މޯލްޑިވްސް ނެޝަނަލް ލައިބްރަރީގެ އިތުރުން ޓޭލަރސް ޔުނިވަރސިޓީ މެލޭޝިޔާ އަދި ކިއުސްޓަޑީ މެލޭޝިޔާއާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޖުމްލަ 98 ޒުވާނުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން އެއްތަނަކަށް ޖަމާވެ، އެ ބައިވެރިންގެ ފާޑުކިޔުމުގެ ވިސްނުމާއި، ޓީމްވޯކް އަދި ލީޑަރޝިޕް ހުނަރުތައް އިތުރަށް ހަރުދަނާކުރެވިގެންދިޔަ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ކޭމްޕް އަމާޒުކޮށްފައިވަނީ ޓީމް ބިލްޑިންގ އަދި ގާބިލުކަން އިތުރުކުރުމަށާއި ޒުވާނުންނަށް އަމިއްލަ ޒާތީ އަދި ވަޒީފާގެ ދާއިރާއިން ކުރިއެރުމަށް ބޭނުންވާ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމަށެވެ.

މި މަސައްކަތުގެ މަގްސަދަކީ ޝައުގުވެރިކަން ހުރި ހުރަކާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ތެރެއިން މުސްތަގުބަލުގެ ލީޑަރުން އުފެއްދުމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside