އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަހުމަދު ޝުރާއު
2/2/2025, 10:54:27 AM
--
ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއިއެކު ފަށައިފި އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ޕްރޮމޯޝަން ސޭލް ކުރިއަށްދާނީ 2 ފެބްރުއަރީ 2025 ން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ.
މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުހައްމަދު.
އެސްޓީއޯއިން ބުނީ މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއްލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މިގޮތުން ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަންގެ މިއަހަރުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރީ އެކުންފުންޏާއި އެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށެވެ.
މި ޕްރޮމޯޝަލްގެ ބޮޑު އިނާމުގެ ގޮތުގައި އެސްޓީއޯއިން ކަނޑައަޅާފައިވަނީ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ އެވެ.
މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެއެވެ.