
--
އިންޑިއާގެ މަޝްހޫރޫ ފިލްމީ ތަރި, ސައިފު އަލީ ޚާން އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި ސައިފު އަލީ ޚާންއަށް ވަޅިން ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ވައްކަން ކުރަން ވަތް ވަގެކެވެ. އެގޮތުން ސައިފް އަށް ހަމަލާދީފައިވަނީ ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު އަދި އެޖޯޑުގެ ދަރިން ދިރިއުޅޭ މުމްބާއީގެ ބެންޑްރާގައި ހުންނަ އެޕާޓްމެންޓުގައި އެވެ.
ބަންދްރާ ފުލުހުން ބުނީ ސައިފްއަށް ހަމަލާދީފައިވަނީ 11 ވަނަ ބުރީގައި ހުންނަ އެގެއެއަށް ވައްކަން ކުރަން ވަތް މީހަކު ހުއްޓުވުމަށް ސައިފު މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ހަމަލާދިން މީހާ އަދި މިހާތަނަށް ދެނެގަނެވިފައިވާކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އުމުރުން 54 އަހަރުގެ ސައިފުއަށް ހޮސްޕިޓަލުގައި މިހާރި ފަރުވާ ދެމުންދާއިރު ޖުމުލަ 6 ޒަހަމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި މައިބަދަ ކައިރިއަށް ދިން ހަމަލާއެއްވެސް ހިމެނޭކަން ރިޕޯޓުތައް ބުނެއެވެ.
ރޭ ދަންވަރު 2 އާއި 2:30 އާ ދެމެދު ހިނގި މި ހާދިސާއާއިއެކު ސައިފު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިހެން ދަރި އިބްރާހިމް ސައިފު އަލީ ޚާން ކަމަށް ރިޕޯޓުތައް ބުނެއެވެ.