
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާއިން ޣައްޒާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓުކުރާގޮތުގައި މިއަދުގެ ފަތިހުން ފެށިގެން ޔަހޫދީން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި 38 މީހަކު ވަނީ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 28 މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވައިގެ މަގުން ޔަހޫދީން ދިން ހަމަލާތަކުގައި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.
މިއަދުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުގައި އެދެކުދިންނަކީ ޔަހޫދީން މިއަދު ނުސީރަތުގެ ރެފިއުޖީ ކޭމްޕުގެ ޓެންޓުތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ދެކުދިންނެވެ.
ޔަހޫދީންގަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 46,600 އަށްވުރެ މައްޗަށް އަރާފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



