logoEN
PNC TOP 3
ހިޔާގެ ގިނަ ޓަވަރުތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ

ހިޔާގެ ގިނަ ޓަވަރުތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ

އަހުމަދު ޝުރާއު

logo

1/10/2025, 11:52:33 AM

# އެޗްޑީސީ

--

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

PNC MID 2

އެޗްޑީސިން މިއަދު ބުނީ ދިމާވި މައްސަލައަކާއި ގުޅިގެން ހިޔާ 1 - 8 ވަނަ ޓަވަރުތަކުން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައިކަމަށެވެ. އެގޮތުން ފެނުގެ ހިދުމަތް މެދުކެނޑުނީ ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބޫސްޓަރ ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އެޗްޑީސީން ހިޔާ 7000 ކޮމިއުނިޓީ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައި އެވެ.

އެޗްޑީސީން ބުނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެކޯޕަރޭޝަނުން އެމް.ޑަބްލިއު.އެސް.ސީ އާއެކު މަސައްކަތް ކުރަމުން ދާކަމަށެވެ.

View post on Twitter

އަދި މިކަަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މާފަށް އެދިފައި އެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނީ ފެނުގެ ހިދުމަތް ކެނޑުނީ މިއަދު 3:15 ހާއިރު ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC