
ސައުތު ކޭޓަރިންގ ގެ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލަ ފުލުހުން ބަލަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް--
ރާއްޖޭގައި ކޭޓަރިންގ ގެ ހިދުމަޔް ދެމުން އަންނަ ސައުތު ކޭޓަރިންގ ގެ މުވައްޒަފުން ތަކަކަށް މުސާރަ ގަވާއިދުން ނުދޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ސައުތު ކޭޓަރިންގ ގެ މުވައްޒަފުންތަކަކަށް މުސާރަ ގަވާއިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފަައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓުން ބަލަމުންދާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިފަދަ މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކޮށްފައިމިވަނީ ސައުތު ކޭޓަރިންގ ގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލައާއި ގުޅިގެން އެމުވައްޱަފުން މާލޭގެ އަލިކިލޭގެފާނު މަގުގައި ހުންނަ ސައުތު ކޭޓަރިންގ ގެ އޮފީސް ކައިރީގައި އިހްތިޖާޖު ކުރަމުންދިޔުމާއި ގުޅިގެންނެވެ.
އިހްތިޖާޖުކުރަމުންދާ މުވައްޒަފުންތައް ބުނާގޮތުގައި އެމުވައްޒަފުންނަށް މުސާރަ ނުދޭތާ 6 ވަރަކަށް މަސް މިހާރު ވަނީ ވެފައި އެވެ.
ގުޅުންހުރި
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ފޮއްދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮގްރާމެއް ފަށައިފި

ބަންކު ބެޑެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާހޯދި ބިދޭސީއަކު ހައްޔަރަށް!





