
--
އިންޑިއާގެ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ އާމިރު ޚާންގެ ދަރިއެއް ކަމަށްވާ ޖުނެއިދު ޚާން ފެނިގެންދާ ލަވްޔަޕާގެ ޓްރެއިލާ މިއަދު ދައްކާލާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފިލްމުފެއާއިން ރިޕޯޓުކުރާ ގޮތުގައި މި ފިލްމުގެ ޓްރެއިލާ ރަސްމީކޮށް ރިލީސްކުރާނީ ޖުނައިދުގެ ބައްޕަ އާމިރު ޚާން އެވެ. މި ފިލްމަކީ އާމިރު ޚާން ޕްރޮޑޮއުސްކުރާ ފިލްމެކެވެ.
މި ފިލްމުގައި ބަތަލާއެއްގެ ގޮތުން ފެނިގެންދާނީ ސްރީދޭވީގެ އަންހެން ދަރިއެއް ކަމަށްވާ ކުޝީ ކަޕޫރު އެވެ.
ފިލްމުފެއާއިން އިތުރުބާރުހުރި މަސްދަރަކުން ދިން މައުލޫމާތަށް ބަލާއިރު މި ފިލްމުގެ ޓައިޓަލް ޓްރެކަށް ގިނަ ބަޔެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައި އެވެ. މިއާއި އެކު ލަސްތަކެެއް ނުވެ ފިލްމުގެ ޓްރެއިލާ ރިލީސްކުރަން އާމިރު ޚާން ނިންމާފައިވާއިރު ޓްރެއިލާ ރިލީސް ކުރާނީ މިއަދުގެ ކޮން ގަޑިއެއްގައި ކަމެއް އަދި ޔަގީންވެފައެއް ނުވެއެވެ.
ޒަމާނީ ރޮމޭންސެއްގެ މައްޗަށް ބިނާކޮށްފައިވާ ލަވްޔާޕާ އަކީ ހަނދާން ނައްތާނުލެވޭ ވަރުގެ ހުށަހެޅުންތަކާއި، ލައިވް މިއުޒިކާއި ހިތްގައިމު މަންޒަރުތަކުން މުއްސަނދިވެފައިވާ ހިތްގައިމު ފިލްމެއްކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ އާއި ސައިފް އެކީގައި: 'ހައިވާން' ގެ ޓީޒާއަށް ބޮޑު ތަރުހީބެއް

24 އަހަރަށްފަހު މަދޫރީ ޓީވީ ހޯސްޓެއްގެ ގޮތުގައި އެނބުރި އަންނަނީ!

21 ތަރިންނާއެކު 'ދަ ޓްރެއިޓަރސް އިންޑިއާ' 2 ވަނަ ސީޒަނަކަށް އެނބުރި އަންނަނީ




