
މިއަދު އެކަނިވެސް ޣައްޒާއިން 70 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ: ޖުމުލަ އަދަދު 46,000 އަށްވުރެ މައްޗަށް!
# ޣައްޒާޔަހޫދީންގެ ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އަލް ޖަޒީރާއިން ސިއްހީ މަސްދަރުތަކާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި ޣައްޒާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 70 މީހުން ޝަހީދުވެ 104 މީހުން ވަނީ ޒަހަމްވެފައި އެވެ.
މިއާއި އެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއިން ޝަހީދުވި މީހުންގެ މީހުންގެ ޖުމުލަ އަދަދު 46،006 އަށް އަރާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން 109،378 މީހުން ވަނީ ޒަހަމްވެފައި އެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މިކަން އދ އިން މިދިޔަ ނޮވެމްބަރު މަހު ވަނީ ރަސްމީ ހާމަކޮށްފައެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!




