
ލުބްނާނުގެ ރައީސްކަމަށް އަސްކަރިއްޔާއާއި ހަވާލުވެގެން ހުންނެވި ޖޯސެފް އައުން އިންތިހާބުކޮށްފި
# ލުބުނާނު--
2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ލުބުނާނުގައި ދައުލަތުގެ އިސްވެރިޔަކު ނެތި، އެ ގައުމުގައި އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނެސް، ޕާލަމެންޓުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު އެ ގައުމުގެ ރައީސް ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖޯސެފް އައުން އިންތިހާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސްކަން ކާމިޔާބު ކުރެއްވުމަށް 128 ގޮނޑި ހިމެނޭ ޕާލަމެންޓުން އައުން އަށް ލިބިވަޑައިގަތީ 99 ވޯޓެވެ. ދެ ވަނަ ބުރުގައި މަޖިލީހުގެ އާދައިގެ އަޣުލަބިއްޔަތެއް ހޯދަން ބޭނުންވަނީ 86 ވޯޓެވެ.
ފުރަތަމަ ބުރުގެ ވޯޓުގައި ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ރައީސްއަކަށް އައުމަށް ބޭނުންވާއިރު އައުން އަށް ފުރަތަމަ ބުރުގައި ލިބުނީ މަޖިލީހުގެ 71 މެމްބަރުންގެ ވޯޓެވެ.
އެގައުމުގެ ކުރީގެ ރައީސް މިޝޭލް އައުންގެ ރިޔާސީ ދައުރު 2022 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަމަވި އިރު އޭގެ ފަހުން ލުބުނާނު ހިންގަމުން ދިޔައީ ރައީސެއް ނެތި އެވެ. ރައީސަކު އިންތިހާބުކުރަން މިހާ ދުވަސް ވެގެން ގޮސްފައިވަނީ ޔަހޫދީން ޣައްޒާގައި ފެށި ހަނގުރާމާގައި ލުބުނާނުގެ ހިޒްބުالله އިން ވެސް ޝާމިލުވެ ޔަނޫދީންގެ ހަމަލާތަކުގައި ލުބުނާނު ހިމެނިގެންދިޔުމާއި އެކުގައި އެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ, އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ 6 މީހަކު ޝަހީދުވެއްޖެ

ލުބްނާނުގެ ރައީސްކަމަށް އަސްކަރިއްޔާއާއި ހަވާލުވެގެން ހުންނެވި ޖޯސެފް އައުން އިންތިހާބުކޮށްފި

މިއަދު އެކަނިވެސް ޔަހޫދީންގެ 70 އަށްވުރެ ގިނަ ވައިގެ ހަމަލާ ލުބުނާނަށް!
