
މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!
# އިނގިރޭސިވިލާތް--
މިއަދަކީ އިނގިރޭސިވިލާތުގެ ޕްރިންސެސް ކޭޓްގެ އުފަންދުވަހެވެ. މިއަދު އުމުރުން 43 އަހަރުވި ޕްރިންސެސް ކޭޓްގެ އުމުރުން ފާއިތުވި އަހަރަކީ އެކަމަނާއަށް ވަރަށްވެސް ދަތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު އަހަރެކެވެ.

ޕްރިންސް އޮފް ވޭލްސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް ފާއިތުވި އަހަރު ގިރާކުރަން ޖެހެުނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި އެވެ. ޕްރިންސް ވިލިއަމް މިއަހަރުގެ ކޭޓްގެ އުފަންދުވަހުގެ ތަހުނިޔާޣެ މެސެޖު ޚާއްސަކުރީ ކޭޓްގެ ހިތްވަރުގަދަކަމަށެވެ.
ކުރު ނަމަވެސް އުފާވެރި މެސެޖުގައި ވިލިއަމް ވަނީ ކޭޓް ބަލީގައި ތަހައްމަލު ކުރި ވޭނާއި ކުރި ހިއްވަރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައި އެވެ. ބަނޑުގެ އޮޕަރޭޝަނެއް ކޮށް، ކެންސަރު ޖެހިފައިވާކަން އެނގުމާއި، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ކޭޓް ވަނީ ކީމޯތެރަޕީ ސާކަލްއެއް ފުރިހަމަކުރައްވާފައި އެވެ.
ވިލިއަމް ތިން ދަރިންނާ އެކު ފޮނުވި ޖޮއިންޓް މެސެޖެއްގައި ލިޔުއްވާފައި ވަނީ އެމެސެޖު ރައްދުކުރަނީ "އެންމެ ހިތްގައިމު އަނބިމީހާއަށާއި މަންމައަށް" ކަމަށެވެ. "ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ތިޔަ ދެއްކެވި ހިތްވަރު ފާހަގަކުރަން. ޖޯޖް، ޝާލޮޓް، ލުއީ އަދި އަހަރެން ކޭޓްދެކެ ފަހުރުވިވޭ." ވިލިއަމްގެ ކުރު މެސެޖުގައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޭޓް އެކަމަނާގެ އާއިލާއާއި އެކު އުފަންދުވަސް ފާހަގަކުރަމުންދަނީ ލަންޑަންގެ ހުޅަނގުން ގާތްގަނޑަކަށް 30 މޭލު (50 ކިލޯމީޓަރު) ދުރުގައި އޮންނަ ވިންޑްސާގައި ހުންނަ ގެކޮޅުގައި އެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
