
--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށައި އެކްސިޑެންޓު ހިނގީ ކާރެއް ރޯޑު ޑިވައިޑަރުތަކާއި ވޭނެއްގައި ޖެހުމަށްފަހު ފިހަކުގެ ފަހަތުގައި ޖެހިގެން ކަމަށެވެ. އެގޮތުން ކާރު ޑްރައިވަރުން ހުޅުމާލެ ހޮސްޕިޓަލުގެ މިހާރު ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ކާރުގެ ފަހަތުގައި އިން މީހާއަށްވެސް އަނިޔާވެފައިވާކަމަށާއި ނަމަވެސް އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ވީއައިއޭ ހިންގާ އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސް އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ކާރު ދުއްވަން އިން ޑްރަވަރަށް ކާރުގެ ކޮންޓްރޯލް ގެއްލުނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ހަނިމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ކުށުން ރައްކާތެރިކުރުވުމަށް ގެމަނަފުށީ ރައްޔިތުންނަށް ފުލުހުން މައުލޫމާތުދީފި

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި
