
--
"ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ދޫކުރި ކަމަށް ބެލެވޭ މައްސަލައިގެ ތަހުގީގެ ތެރެއިން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެޗްޑީސީ ގެ ކުރީގެ އެމްޑީ ދިއިރުޅޭ ގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެެއްގެ ދަށުން ބަލަފާސްކޮށްފައިވާ ކަމަށެވެ.
އަދި ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންގެ އިތުރުން އޭސީސީއިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
އަދި ކުންފުނީގެ ބައެއް މުވައްޒަފުންވެސް ވަނީ ވަކިކޮށްފައި އެވެ.
ގުޅުންހުރި

ހިޔާ ޓަވަރުން ކޮމާޝަން ޔުނިޓް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
%20(1).webp&w=3840&q=75)
އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުސް އޮފިސަރު ހައްޔަރުކޮށް، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފި
%20(1).webp&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ގެޒެޓްކޮށްފި




