
--
ގއ ވިލިނގިލި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ބުނެފި އެވެ.

އާރްޑީސީން މިއަދު ވަނި މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ގއ. ވިލިނގިލި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ އެރަށުގެ އިބްރާހިމީ މަގުގައި ކޯނަރ ކާރބް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ކުދެކަތިބެއްޔާ މަގު އަދި މުހައްމަދުކަލޭފާނު މަގުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަން އާރްޑީސީން ވަނީ ހާމަކޮށްފައެވެ.
ވިލިނގިލި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ތާރުއަޅައިގެން މިހާރު ހަދާފައިވާ ބައެއް މަގުތައް މަރާމާތުކުރުން ވެސް ކުރިއަށްދާނެ އެވެ.ވިލިނގިިިިިިިިިލި މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 98.3 މިލިއަން ރުފިޔާ އަށެވެ.
ގުޅުންހުރި

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކޮށްފި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

.gif&w=3840&q=75)



