
--
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެސްޓްރާޒެނެކާ ގުޅިގެން ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ދެ އާލާތެއް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެސްޓީއޯއިން ރާއްޖެއަށް މިއަދު ތައާރަފްކުރީ ސިމްބިކޯޓް ތުރުބުހަލާ އާއި ޕަލްމިކޯޓް ރެސްޕޫލްސް އެވެ. އެސްޓީއޯއިން މިއަދު ބުނީ އަލަށް ރާއްޖެއަށް ތައާރަފްކުރި މި ދެ އާލާތަކީ އެސްމާ އާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ހުންނަ މީހުންނަށް ޚާއްސަކޮށްގެން އެފަރާތްތަކަށް އިތުރު ލުއިކަމެއް ހޯދައިދިނުމަށް ތައާރަފްކުރެވުނު އަލާތްތަކެއް ކަމަށެވެ.
މި އަލާތްތައް ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި ޚާއްސަ ހަފްލާއެއް ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި ވަނީ ބާއްވާފައި އެވެ. މި ހަފްލާގައި 60 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުން ބައިވެރިވެފައިވެއެވެ. އަދި އެހަފްލާގައި އިންޑިއާގެ މަޝްހޫރު ޕަލްމޮނޮލޮޖިސްޓެއް ކަމަށްވާ ޑރ ރެނިސް ޑޭވިސް ވަނީ މި އާލައްތަކާއި ގުޅޭގޮތުންނާ އެސްމާ އާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ)އާއި ގުޅޭގޮތުން ޚާއްސަ ކީނޯޓެއް ދެއްވާފައި އެވެ. އެކީނޯޓުގައިޑރ ޑޭވިސް ވަނީ ސަބާ ފަދަ އަވަސް ރިލީފް ބޭސްތައް މާ ގިނައިން ބޭނުންކުރުމާ ދުރަށް ދިއުމާއި ވަގުތުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ލުޔެއް ލިބޭ ފަރުވާތަކަށް ސަމާލުކަން ދިނުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ.
ރާއްޖެއަށް ތައާރަފްކުރި ސިމްބިކޯޓް ތުރުބުހަލަރ އަކީ ބަލި މީހުންގެ ހުރިހާ ރެކިއާމެންޓަކަށް ކޭޓަރކުރުމަށް ފަރުމާކޮށްފައިވާ އެޑްވާންސް އިންހެލަރ އެކެވެ. މި އާލާތަކީ ބޭނުންކުރަން ފަސޭހަ, އަވަސް އަދި ހަރުދަނާ ލުޔެއް ލިބިގެންދާ އާލާތެކެވެ.
އަދި ޕުލްމިކޯޓް ރެސްޕޫލްސް އަކީ ހަ މިނެޓުގެ ތެރޭގައި އެއާވޭ މިއުކަސް ލޭޔަރު ސާފުކޮށްލައި، އެންމެ 30 މިނެޓުން ވަރުގަދަ ޕަލްމޮނަރީ ވެސޯކޮންސްޓްރިކްޓިވް އިފެކްޓެއް ފޯރުކޮށްދޭ އާލާތެކެވެ. މި މެކޭނިޒަމްގެ ސަބަބުން އެސްމާގެ އަލާމާތްތައް ކުޑަވެ، އެސިސްޓަމިކް ސްޓެރޮއިޑްގެ ނުރައްކާ ކުޑަކޮށްދޭނެ އެވެ.
ގުޅުންހުރި

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުވި 23 ބާވަތް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި: އަގުހެޔޮ ވާނެ!

10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓާއިއެކު އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!
