
ޒަކާތު ކޮންފަރެންސްއަކީ މުހިއްމު ފައިދާތަކެއް ކުރާނެކަމެއް - ޗާންސެލަރ
# އައިޔޫއެމް# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން މިއަދު ކުރިއަށް ގެންދާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްއަކީ މުހިއްމު ފައިދާތަކެއް ކުރާނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ، މިއަދުގެ ސަރުކާރުން ޒަކާތުގެ ކަންކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ޒަކާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދާފައިމިވަނީ ވަރަށް މަތިވެރި މަޤުސަދެއްގައިކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ޒަކާތާއި ގުޅޭ ކޮންފަރެންސެއް ބޭއްވިގެންދާކަމީ ވަރަށް ބޭނުންތެރި މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކުންވެސް ބައިވެރިވެ ކުރިއަށްދާ މަހާސިންތާއިން ގިނަ ފައިދާތަކެއް ކުރާނެކަމަށާއި ޒަކާތުގެ ކަންކަން ތަރައްޤީވެފައިހުރި ޤައުމުތަކުން ބޭފުޅުން ވަޑައިގައިންނަވާ ތަޖުރިބާ ހިއްސާކުުރުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ތަފާތު މޮޅެތި ޚިޔާލުތައް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށާއި، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ޒަކާތު ފަންޑު ރަނގަޅަށް މެނޭޖުކުރެވުމަކީ ދުވަހުން ދުވަހަށް ފަޤީރުންގެ ލިސްޓުގައި ތިބޭ ބޭފުޅުންގެ އަދަދު މަދުވެގެންދާނެކަމަށެވެ. މީގެ އިތުރުން، މިހާރުވެސް ޒަކާތަށް ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުކުރެވިފައިވާކަމަށާއި އެހެންނަމަވެސް އަދިވެސް މި މަސައްކަތް އިތުރަށް ފުޅާ ކުރަން ޖެހޭކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަދުގެ ސަރުކާރުން ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ޒިކުރާ މިސްކިތް ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން، ވުޒާރާއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ!

.gif&w=3840&q=75)



