
ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ބޮން އަޅައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ އަލް-ތަބީން ސްކޫލަށް ވަރުގަދަ ހަމަލާއެއް ދިނީ މިއަދު ހެނދުނު އެވެ. މި ހަމަލާ އަމާޒުކުރި ސްކޫލަކީ ޔަހޫދީންގެ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ގިނަ ބަޔަކު ހިމާޔާތް ހޯދަމުން ދިޔަ ސްކޫލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލް-ތަބީން ސްކޫލަށް ފަތިހު ދިން ހަމަލާއާއި ގުޅިގެން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތުގައި ޣައްޒާގެ ކަމާބެހޭ ފަރާްތްތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ އިރު ވަގުތާއި ހަމައަށް 12 މީހަކު ވަނީ ޝަހީދުވެފައި އެވެ.
އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ގައުމުގެ މެޑިކަލް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި މާބަނޑު އަންހެނަކުވެސް ހިމެނޭކަމަށް ވެއެވެ.
މީގެ އިތުރުން ޚާން ޔުނިސް ކައިރީގައި އޮންނަ އަލްޤަރާ ސަރަހައްދަށްވެސް ޔަހޫދީން މިއަދު ހަމަލާދިނުމާއި ގުޅިގެން އިތުރު ދެމީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



